އުޝާމް، ސައީދު، ޝަހީމްގެ ވޯޓުގައި އެމްޑީޕީގެ 6 މެމްބަރުން ވިޕާ ހިލާފުވި!
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އެމްޑީޕީގެ ހަ މެމްބަރަކު ވިޕްލައިނާ ހިލާފުވެވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. […]