ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލައާ ގުޅިގެން އަވަސް ތަހުގީގެއް ހިންގައި، އެކަމުގައި ބައިވެރިވި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ބައިނަލްއަގުވާމީ ޕްރޮސެކިއުޓަރުންގެ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސްގެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޝަމީމަށް ފޮނުއްވި ސިޓީއެއްގައި ބުނީ ޝަމީމަށް ދިން ހަމަލާގެ އަވަސް ތަހުގީގެއް ހިންގުމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ޖަމިއްޔާއިން ގޮވައިލާފައި ވާނެ ކަމަށެވެ.

Ad
rt

ޕްރޮސެކިއުޓަރުންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރަން ޕްރޮސިކިއުޓަ ޖެނެރަލް އާއި ޕްރޮސިކިއުޓަރުންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމު އިރު، ރާއްޖޭގެ ޕްރޮސެކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގައި ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޝަމީމަށް ހަމަލާދިނީ މިދިޔަ މަހުގެ 31 ގައި ސައިކަލެއްގައި އައި ދެ މީހުންނެވެ. އެ ދެމީހުން މަސައްކަތް ކުރީ ޝަމީމްގެ ބޮލަށް ހަމަލާ ދިނުމަށެވެ. އެކަމަކު، ޝަމީމް އަތް ހޫރާލެއްވި ގަޑީގައި އޭނާގެ ވައަތު އަތުގައި ޖެހި، އެ އަތުގައި ވަނީ ރެނދުލައިފައެވެ. މި މައްސަލައިގައި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.