އެމްޑީޕީން މޯލްޑިވިއަނަށް 5.6 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ކޯޓަށް ދާނެ ކަމުގެ އިންޒާރު!

Raees Solih

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ އެއާލައިނުން ކޯޓަށް ދާނެ ކަމުގެ ނޯޓިސް ޕާޓީ އަށް ފޮނުވައިފިއެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް ނުލިބެއެވެ.

މޯލްޑިވިއަނުން އެމްޑީޕީ އަށް ސިޓީގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެގޮތުން ބައެއް ދުވަސް ދުވަހު މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ދަތުރުކޮށްފައިވެއެވެ. އޭގައިވާ ގޮތުން ނަމަ، އެންމެ ގިނަ އަދަދަކަށް ޓިކެޓާއި ޗާޓަރު ދަތުރު ކުރީ މިދިޔަ ސެޕްޓެމްބަރު 26 ގައެވެ. އެ ދުވަހުގެ ދަތުރުތަކަށް 1،073،756ރ. އެމްޑީޕީން ދައްކަން ޖެހެއެވެ.

އޭރު ޓިކެޓާއި ޗާޓަރު ދަތުރުތައް އެމްޑީޕީއަށް ހަމަޖައްސާފައި ވަނީ ހިދުމަތް ދޭތާ 48 ގަޑިއިރު ތެރޭ ފައިސާ ދައްކާ ގޮތަށް ކަމަށްވެއެވެ. އެކަމަކު، އެގޮތަށް އެމްޑީޕީން އަމަލުކޮށްފައެއް ނުވެއެވެ. އެހެންވެ، ފައިސާ ދައްކަން އެމްޑީޕީ އަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ދިން މުއްދަތަކީ މި މަހުގެ 18 ވަނަ ދުވަހެވެ.

އެ ފައިސާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލައިގެ ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރު އޮތް ޑީއާރުޕީން ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ފައިސާ ނުދެއްކި މައްސަލަ ވެސް ބޮޑުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި