ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ބަންދުގެ އަމުރުގައި ބުނީ މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުންނެވެ. އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރު ނޯޓުކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
އެމީހާ ހައްޔަރު ކުރީ ޕާރްސަލް ބަލާ ޑީއެޗްއެލް އަށް ގޮސް ހުއްޓާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!