ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ސްވިމް ފޮރ ޑައެބީޓީސް" ގެ ނަމުގައި ށ. ފުނަދޫގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ށ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފުނަދޫގެ އެކި މުއައްސަސާތަކާ ގުޅިގެންނެވެ.
ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކަސްރަތާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އޭގެ ޒަރީއާއިން ހަކުރުބަލިން ރައްކާތެރިވުމަށް އާންމުންނަށް ބާރުއެޅުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމުގެ ގޮތުން ފެތުމުގެ އިތުރުން، އެއްގަމުގައި ކަސްރަތު ކުރުމުގެ ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކަސްރަތުގެ ހަރަކާތްތަކުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ހަކުރުބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ޚާއްޞަ ސެޝަންތަކެއް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ށ. އަތޮޅު ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!