ހދ. ވައިކަރަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، ޤުރުއާން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ފަޚުރުވެރި 1 ވަނަ ، އެ ރަށު ކަޝްމީރުވާދީ އަލްޔަސް އަނަސް ޙުސައިން ހޯދައިފިއެވެ.

މި މުބާރާތުގެ 1 ވަނަ މަޤާމަށް ކައުންސިލުން ހުށަހަޅާފައިވާ ޓްރޮފީއާއި ހަނދާނީ ލިޔުން، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އަލްޔަސް ޙުސައިންއަށް ޙަވާލުކޮށްދެއްވީ މި މުބާރާތުގެ ޝަރަފްވެރި މެހެމާން އަލްއުސްތާޛް އަޙްމަދު އަރީޖެވެ.

Ad
rt

މުޅި މުބާރާތުން ދެވަނަ ދެ ދަރިވަރަކު ވަނީ ޙާޞިލުކޮށްފައެވެ. އެއީ އަމްރު ބިން އިބްރާހީމާއި ޢަބްދުލް މާލިކް ޢަބްދުލް މުޙްސިނެވެ. އަދި މުބާރާތުގެ ތިންވަނަ ސާރާ މުޙައްމަދު ސާދާތު ހޯދާފައިވާއިރު، މި ހުރިހާ ދަރިވަރުންނަށް ވެސް ކައުންސިލުން ކަނޑައަޅާފައިވާ ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.

ވައިކަރަދޫގައި ކީރިތި ޤުރުއާން ތަޖްވީދުގެ ހަމަތަކުން އުނގެނުމާއި އުނގަންނައިދިނުމުގައާއި، ތަރްލީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށާއި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ އިތުރުން ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވައިކަރަދޫން ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 44 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 ސެޝަނަަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ނޮވެމްބަރ 14 ވަނަ ދުވަހުގެ ރެއެވެ. މި ރަސްމިއްޔާތުގައި އެކިއެކި އުމުރުފުރާތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.