ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026" މިއަދު ހަވީރު ފަށައިފިއެވެ.
މުބާރާތް ފެށުމުގެ ގޮތުން މިއަދު ތިން މެޗެއް ކުރިޔަށް ގޮސްފައިވެއެވެ. އެ ގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ކެޕިޓަލް ޖޫނިއާސް އާއި ކެޕިޓަލް އެސްސީއެވެ. އަދި ދެ ވަނަ މެޗުގައި އެލަޔަންސް ސްޕޯޓްސް އާއި ކެޕިޓަލް ބޯއީސް ބައްދަލުކޮށްފައިވާއިރު ދުވަހުގެ އެންމެ ފަހު މެޗަކަށް ކުޅެފައިވަނީ ވިއޯރާ ޔޫތު އާއި އެލަޔަންސް ޔުނައިޓެޑެވެ.
ބާރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މިއީ ދެ ޖިންސަށް ވަކިން ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށާއި، މި މުބާރާތުގައި ފިރިހެން 10 ޓީމު އަދި އަންހެން 3 ޓީމު ބައިވެރިވެފައިވެއެވެ.
މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރ މަހުގެ 26ވަނަ ދުވަހެވެ. މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު އަންހެން ޑިވިޜަންގެ ޗެމްޕިއަންޓީމަށް ކަނޑައަޅާފައިވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!