ށ.އަތޮޅު ހޮސްޕިޓަލުގައި ޒުވާން އަންހެނުންނަށް ޚާއްޞަކޮށްގެން ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނެއް
ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން، ގައިންގަޔަށް ނާރާ ބަލިތަކާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ. ށ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން އަންހެނުންނަށް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް 35 އަހަރުން ދަށުގެ ވީހާވެސް ގިނަ އަންހެނުން މި ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނުގައި ބައިވެރިވުމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލ