Skip to main content
Topic Archive

#Shaviyani Funadhoo

238 Stories filed
ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި
Thiladhunmathi News

ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަ...

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ...

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި
Thiladhunmathi News

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ފުނަދޫ ހިޔާވެހި، ފާޠިމަތު ޝުޢާޢު ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދައި އެވޯޑް ޙާޞިލްކޮށްފިއެވެ. ޝުޢާޢު މި މައުރަޒުގައި ވާދަކޮށްފައިވަނީ ދީނީ އުފެއްދުންތަކުގެ ދާއިރާއިންނެވެ. މި މައުރަޒުގެ ދީނީ އުފެއްދުންތަކުގެ މައި ގިންތިން ޝުޢާޢު ވަނީ 1 ވަނަ ހޯދާފައެވެ. މީގެއިތުރުން، ދީނީ އުފެއްދުންތަކުގެ ދަށުގިންތި ކަމަށްވާ، ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައިދިނުމަށް ބޭނުންކުރެވޭ އުފެއްދުންތައް އުފެއްދުމުގެ ބައިން ވެސް އޭނާ ވަނީ ކާމިޔާބީ ހ...

ފުނަދޫ އަލިފާނުގެ ހާދިސާ: އެއްޗެއް ގޮވައި 18 މީހަކަށް އަނިޔާވި، ތަހުގީގަށް ހާއްސަ ޓީމެއް!
Thiladhunmathi News

ފުނަދޫ އަލިފާނުގެ ހާދިސާ: އެއްޗެއް ގޮވައި 18 މީހަކަށް އަނިޔާވި، ތަހުގީގަށް ހާއްސަ ޓީމެއް!

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްޗެއް ގޮވައި، ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ސިއްހީ ފަރުވާ ދޭން ޖެހިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިގެން ދިޔަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް ވެސް އަލިފާން […]

ފުނަދޫ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެއެއްގެ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި
Thiladhunmathi News

ފުނަދޫ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެއެއްގެ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި އެ އޮތޯރިޓީން ވަނީ އެ ގެއަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 11 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ށ. ފުނަދޫ ޕެޓްރޯލް ޝެޑުގަ...

ފުނަދޫ އަލިފާނުގެ ހާދިސާ: އަލިފާނުގެ ދުމާއި ތެލުގެ އަސަރު ވައިގެ ތެރޭގައި، ވާރޭފެން ނުނެގުމަށާއި ވާރެއާ ނުތެމުމަށް އިލްތިމާސްކޮށްފި 
Thiladhunmathi News

ފުނަދޫ އަލިފާނުގެ ހާދިސާ: އަލިފާނުގެ ދުމާއި ތެލުގެ އަސަރު ވައިގެ ތެރޭގައި، ވާރޭފެން ނުނެގުމަށާއި ވާރެއާ ނުތެމުމަށް އިލްތިމާސްކޮށްފި 

ށ. ފުނަދޫގައި މިއަދު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށަށް މިވަގުތު ވެހެމުންދާ ވާރޭފެން ނުނެގުމަށާއި ވާރެޔާ ނުތެމުމަށް ފުނަދޫގައި ހުންނަ ށ.އަތޮޅު ހޮސްޕިޓަލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ފުނަދޫ ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރަށުގެ ވައިގެ ތެރެއަށް ބޯ ދުމާއި ތެލުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން، މި ވަގުތު ރަށަށް ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރ...

ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު
Raajje

ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ...

ފުނަދޫ ތެޔޮ ޝެޑެއްގައި ރޯވުން: ގެއެއް އަނދައި، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ
Thiladhunmathi News

ފުނަދޫ ތެޔޮ ޝެޑެއްގައި ރޯވުން: ގެއެއް އަނދައި، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެއް ގެ އެއްކޮށް އަނދައި އަދި ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ […]

ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެ
Thiladhunmathi News

ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެ

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން، އެ ސަރަހައްދުގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އަދި އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މީގެ އިތުރުން މި ހާދިސާގައި އެއްވެސް […]

ފުނަދޫ ދައްފަޅަށް ވެލިވަންނަ މައްސަލައަށް ހައްލެއް ހޯދުމަށާއި އައު ނެރެއް ކެނޑުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ފުނަދޫ ދައްފަޅަށް ވެލިވަންނަ މައްސަލައަށް ހައްލެއް ހޯދުމަށާއި އައު ނެރެއް ކެނޑުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ

ށ. ފުނަދޫގެ ދައްފަޅުގެ އެތެރެއަށް ވެލިވަނުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ބެލުމަށާއި، އެ ރަށުގެ އިރުމަތީ ފަރާތުން އައު ނެރެއް ކެނޑުމުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ފުނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ ރަށުގެ ދައްފަޅުގެ އެތެރެއަށް ވެލިވަންނަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކަކީ ކޮބައިތ...

ފުނަދޫ އަންހެނުންގެ ކޮމެޓީގެ ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ފެނަކައަށް، އަންހެން ޗެމްޕިއަންކަން އެފްސީއެސްސީ އަށް
Thiladhunmathi News

ފުނަދޫ އަންހެނުންގެ ކޮމެޓީގެ ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ފެނަކައަށް، އަންހެން ޗެމްޕިއަންކަން އެފްސީއެސްސީ އަށް

ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގެ މުއައްސަސާތަކަށް ބޭއްވި ”ޑަބްލިޔުޑީސީ އިންޓަރ އޮފީސް ވޮލީ ޓޯނަމެންޓް 2026”ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ފެނަކަ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ (ށ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު)ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެނަކައިން ހޯދީ ށ.އަތޮޅު ޕޮލިހާއި ވާދަކޮށެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ ހޯދީ އެސްއާރުސީ (ލޯކަލް ގަވަރމަން...

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ށ. ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ށ. ފުނަދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންގެ ތެރެއިން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ށ. ފ...

ފުނަދޫގައި އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރެއް ހުޅުވައިފި
Business

ފުނަދޫގައި އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

ށ. ފުނަދޫގައި ޤާއިމުކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސޭލްސް ސެންޓަރ ހުޅުވައިފިއެވެ. މި ސެންޓަރުގެ ޙިދުމަތް ފެށިގެންދިއުމަކީ، ފުނަދޫގެ ރައްޔިތުންނަށް އަދި ވަކީން ޚާއްސަކޮށް ށ. އަަތޮޅުގެ އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހައެއް  ލިބިގެންދިޔަ ކަމެއްކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވައެވެ. އަތޮޅުތަކުގައި، ރައްޔިތުންނާއި ގާތަށް ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުމުގެ ސިޔާސަތު ކުރިއަށްނެރުއްވުމަށްޓަކައި ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ، މަސަ...

ފުނަދޫ އަންހެނުންގެ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފި
Thiladhunmathi News

ފުނަދޫ އަންހެނުންގެ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފި

ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފިއެވެ. ޔުނައިޓެޑް ބީއެމްއެލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޕޮލިސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 11-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބީއެމްއެލްގެ އާމިނަތު ނަޖުމާ 10 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޔުނައިޓެޑް ބީއެމްއެލްގެ އާމިނަތު ނަޖުމާ، އަމާލް ހާމިދު، އަދި ޕޮލިސް ޔުނައ...

ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ކައުންސިލުން އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ “ސެންޓްރަލް ސްކެއަރ” ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެއިތުރުން މި މަޝްރޫޢަށް އަންދާސީ ހިސާބު  ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2026 ވ...