ހދ.އަތޮޅު ކައުންސިލްތައް ގުޅިގެން ވަކި ބޯޑެއް އެކުލަވާލުމަކީ ކުރެވޭނެ ކަމެއް ނޫން: އެލްޖީއޭ
ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް އެކުވެގެން، އަތޮޅުގެ ތަރައްޤީއަށްޓަކައި ވަކި ބޯޑެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މި ޖުލައި މަހުގެ 2 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމުމާ ގުޅިގެންނެވެ. އެ ބައ...