Skip to main content
Topic Archive

#ވައިކަރަދޫ ކައުންސިލް

19 Stories filed
ވައިކަރަދޫ ތަރައްޤީގެ ޕްލޭނަށް، ރަށުން ބޭރުގައި އުޅޭ ރައްޔިތުންގެ ޚިޔާލު ހޯދަން ސާވޭއެއް ފަށައިފި
Thiladhunmathi News

ވައިކަރަދޫ ތަރައްޤީގެ ޕްލޭނަށް، ރަށުން ބޭރުގައި އުޅޭ ރައްޔިތުންގެ ޚިޔާލު ހޯދަން ސާވޭއެއް ފަށައިފި

ހދ. ވައިކަރަދޫގެ ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނަށް، ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ސާވޭއެއް ފަށައިފިއެވެ. ރަށުން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާއި، ޢިލްމީ އަދި ފަންނީ ތަޖުރިބާ ދެނެގަނެ، ރަށުގެ މުސްތަޤްބަލާ ގުޅޭގޮތުން އެފަރާތްތަކުން ދެކޭގޮތް 2027 އިން 2031 އަށް އެކުލަވައިލާ ތަރައްޤީގެ ޕްލޭނުގައި ފުރިހަމައަށް ހިމެނުމަކީ މި ސާވޭގެ މައިގަނޑު މަޤްޞަދުކަމުގައި ވައިކަރަދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މި ސާވޭ ކުރިއަށްގެންދަނީ އޮންލައިން ޕޯ...

ވައިކަރަދޫގެ ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފި
Thiladhunmathi News

ވައިކަރަދޫގެ ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފި

އެޓްމޮސްފިއަރ ފައުންޑޭޝަނާއި ހދ. ވައިކަރަދޫ ކައުންސިލް ގުޅިގެން އެރަށު ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފިއެވެ. މިއީ ވައިކަރަދޫގެ ވެއްޓަކީ ފެހި، ފިނި ވެއްޓަކަށް ހެދުމަށް ވައިކަރަދޫ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން ހިންގާ އޮނު އިންދާ ހެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ވައިކަރަދޫގެ ގޭބިސީތަކުގެ އިތުރުން ރަށުގައި ތަރައްޤީކުރާ ބެމްބޫ ޕާކާއި، ރަށުގެ އެކި ހުސް ބިންތަކުގައި އޮނުގަސް އިންދައި ހެއްދުމެވެ. މިގޮތުން އެޓްމ...

ވައިކަރަދޫގައި ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން ކޯހެއް
Thiladhunmathi News

ވައިކަރަދޫގައި ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން ކޯހެއް

ހދ. ވައިކަރަދޫގައި “ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން” ކޯހެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. ވައިކަރަދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯހަކީ ވައިކަރަދޫގައި ދިރިއުޅެމުންދާ އަންހެނުންނާއި ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ފެހުމުގެ އަސާސީ ހުނަރުތަކާއި އަމިއްލައަށް މިންނަގައިގެން ހެދުން ފެހުމުގެ ޤާބިލުކަން އިތުރުކޮށް، އާމްދަނީ ހޯދުމުގެ ފަހިކޮށްދިނުމުގެ މަޤުސަދުގައި ހިންގުމަށް ހަމަޖ...

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ
Thiladhunmathi News

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ

ދަނޑުވެރިކަން ކުރުމަށް ހދ.ވައިކަރަދޫއިން ދޫކޮށްފައި ދަނޑުބިންތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލި ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނީ ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް ދަނޑުބިން ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށާއި، ވުމާއިއެކު އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލީގެ ގޮތުގައި އަކަފޫޓަކަށް 02 ލާރީގެމަގުން ކުލި ހިނގަންފަށާނެ ކަމަށެވެ. ދަނޑުބިންތަކުގެ ފޫޓްއަޅާއި އެއްބަސްވުން ހެދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު...

ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް
Thiladhunmathi News

ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވައިކަރަދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފަސްވަނަ ދުވަހެވެ. ވައިކަރަދޫގައި މިއަހަރު ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވަނީ އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ. އެޓްމޮސްފެއާ ފައުންޑޭޝަނަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ އެޓ...

ދަނޑުވެރިކަމަށް ވައިކަރަދޫއިން ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ދަނޑުވެރިކަމަށް ވައިކަރަދޫއިން ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއިން ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުން ދަނޑުވެރިކަމަށް ދަނޑުބިން ދޫކުރުމުގެ އުސޫލް ނިންމައި އާންމު ކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އުސޫލުގައި ތިން ގިންތިއަކަށް ދަނޑުބިންތައް ވަނީ ބައި ކޮށްފައެވެ. ކުދި ދަނޑުގެ ގޮތުގައި ދޫކުރަނީ 1000 (އެއްހާސް) އަކަފޫޓުގެ ދަނޑެވެ. މެދު ދަނޑުގެ ގޮތުގައި ދޫކުރަނީ 1001 (އެއްހާސް އެކެއް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގެ […]

އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ވައިކަރަދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހްކޮށް އެރަށުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ވައިކަރަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް، 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރި “ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު” ވަނީ އެ ކައުންސިލުން މިހާރު އިސްލާޙްކޮށްފައެވެ. މިގޮތުން 23 ޖަނަވަ...

ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް އަނެއްކާވެސް ބާއްވަނީ
Raajje

ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް އަނެއްކާވެސް ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަށް ބޭނުންވާ ބައިވެރިން ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެ ރަށުގައި ހިންގި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކުގައި ގަސް އިންދައި ހައްދާނެ ގޮތުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ފެބްރުއަރީ މަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ...

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!
Thiladhunmathi News

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!

ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ދެ ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނި ވޭތުވެދިޔަ 13 އަހަރު […]

"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޕްރޮގްރާމް ވައިކަރަދޫގައި ފަށައިފި
Thiladhunmathi News

"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޕްރޮގްރާމް ވައިކަރަދޫގައި ފަށައިފި

ރާއްޖޭގައި “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމް ވައިކަރަދޫގައި މިއަދު ފަށައިފިއެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގާ ‘ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް’ ގެ ތެރެއިން ހދ. ވައިކަރަދޫގައި މިއަދު ވަނީ ރުއް އިންދާފައި ކަމަށެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. މި ހަރަކާތް ހިންގުމަށް މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު […]

ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި
Thiladhunmathi News

ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ ވައިކަރަދޫގެ މުޖުތަމަޢު ތެރެއިން ކޯވިޑް-19 ގެ ކޭސްތައް ފެނި ބަލި ފެތުރެމުން ދާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:10 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިންގެ އަށް ލާފައި މިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެރަށުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ ގިނަ ފަރާތްތަކެއް ކޯވިޑް އަށް ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެންނެވެ. […]

ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް
Thiladhunmathi News

ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ވައިކަރަދޫގައި އެކި އުމުރުފުރާ ތަކަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތުން އެރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މަސްރޭހެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން މަސްވެރި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ބާބެކިއު އެއް ބޭއްވުމަށްވެސް ވަނީ ނިންމާފައ...

ވައިކަރަދޫ ކައުންސިލްގެ ވިސްނުމަކީ ސޯލާޕެނަލްތައް ހަރުކުރާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުން: ޒާމިރު
News

ވައިކަރަދޫ ކައުންސިލްގެ ވިސްނުމަކީ ސޯލާޕެނަލްތައް ހަރުކުރާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުން: ޒާމިރު

ހދ. ވައިކަރަދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުމަކީ ވައިކަރަދޫ ކައުންސިލްގެ ވިސްނުންކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ވައިކަރަދޫ ބްރާންޗާއި އަދި ވައިކަރަދޫ ކައުންސިލް ގުޅިގެން ހދ.ވައިކަރަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސޯލާޕެނަލްތައް އެ ރަށުގައި ހަރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަނދަރުގެ ތޮށިގަނޑާއި ކައިރި ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ހިތް...

"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި
Thiladhunmathi News

"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުގައި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް އެ ކައުންސިލުން ފާހަގަކުރާކަމަށެވެ. އެގޮތ...

ވައިކަރަދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް "ރަށު މަޖިލިސް" އެކުލަވާލަނީ
Thiladhunmathi News

ވައިކަރަދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް "ރަށު މަޖިލިސް" އެކުލަވާލަނީ

ހދ. ވައިކަރަދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ދާއިމީކޮށް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން “ރަށު މަޖިލިސް” ގެ ނަމުގައި ރައްޔިތުން ހިއްސާވާ މަޖިލީހެއް އެކުލަވައިލުމަށް ވައިކަރަދޫ ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލުގެ 4 ވަނަ ދައުރު ކައުންސިލް ހިންގުމުގައި ރައްޔިތުންނާ ވީހާ ގާތުން މަސައްކަތްކުރުމަކީ ކައުންސިލުގެ މިދައުރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާ...