މައްސަލަ ހައްލުކޮށް ހިޔާ އަވަށަށް ކަރަންޓު ދީފި
މައްސަލަ ހައްލުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަވަށަށް އަލުން ކަރަންޓު ދީފި އެވެ. ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޮނުމުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ކަރަންޓު ކޭބަލަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ. އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިކަމަށް ގިނަ ވަގުތުތަކެއް ނެގުން އެކަށީގެންވާތީ އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް މީގެ ކުރިން ވިދާޅުވި އެވ...