މައްސަލަ ހައްލުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަވަށަށް އަލުން ކަރަންޓު ދީފި އެވެ.
ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޮނުމުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ކަރަންޓު ކޭބަލަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިކަމަށް ގިނަ ވަގުތުތަކެއް ނެގުން އެކަށީގެންވާތީ އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް މީގެ ކުރިން ވިދާޅުވި އެވެ.
އެކަމަށް ގާތްގަޑަކަށް ދެ ގަޑިއިރު، ނަގާނެ ކަމަށް އެ ކުންފުނިން ލަފާކުރި އެވެ. ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށާއި ދިމާވި ދަތިތަކަށް މާފަށް އެދިފައިވެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުޅުމާލޭގެ ހިޔާ ޓަވަރުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދަނީ. މި މަސައްކަތް ވީއެންމެ އަވަހަކަށް ނިންމާލުމަށްޓަކައި، ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ pic.twitter.com/Ydm9byZ9VA
— STELCO (@STELCOMALDIVES) November 15, 2022
އެ ސަރަހައްދުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ މެންދުރު 11:25 ހާއިރު އެވެ. އަލުން ކަރަންޓާއި ފެން ލިބުނީ 2:55 ހާއިރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!