ސްޓެލްކޯއިން ކ. ކާށިދޫގެ ހެލްތު ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ކުންފުނިން ކާށިދޫ ހެލްތު ސެންޓަރަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެ ސެންޓަރުގެ ޑެލިވަރީ ރޫމާއި މާބަނޑު މީހުންގެ ވޯޑުގައި ހަރުކުރުމަށް ދެ އޭސީއާއި ލެބޯޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމެއް ހިމެނެއެވެ.
ސްޓެލްކޯއިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ރާއްޖޭގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނެއެވެ.
ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ރަށްތަކަށް އިތުރު ގޮތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!