ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ވިދާޅުވީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ހެނދުނު 9:00 އިން 12:00އަށް ހުޅުމާލެ ބައެއް ސަރަހައްދުތަކުގައި ކުރާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކުން، އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ކަރަންޓު ކެނޑޭނެ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުގުތަކުގައި ހުޅުމާލެ ރެޑްބުލްޕާކް ސަރަހައްދުން ޗަނބޭލީމަގު ގޯޅި، ނިރޮޅުމަގު، ކެލާމަގުގެ އިތުރުން، ކާނިމަގުން މިވަގުތުތަކުގައި ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށާއި ނިމުނުހައި އަވަހަކަށް ކަރަންޓު ދޭނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވި އެވެ.
މި މަސައްކަތް ކުރުމަށް ކަރަންޓު ކަނޑާލަން ޖެހޭތީ، އާންމުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް، ސްޓެލްކޯ އިން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!