ގްރޭޓަރ މާލޭ ސަރަހައްދުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމް.އެން.ޑީ.އެފް އިން ވިދާޅުވީ ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެ އިންޖީނުގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވަނީސް ނިއްވާލާފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:15 ގައެވެ. އަދި 12:26 ގައި އަލިފާން ނިވާލެވިފައިވާ ކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް ސަރަހައްދަކުން ކަރަންޓް ކެނޑުންކަހަލަ ކަމެއް ދިމާވެފައެއް ނުވެއެވެ.

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެ ވަނީ މުޅި މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައެވެ.