އިތުރު 12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން އަލަށް ހަވާލުވެފައިވަނީ ކ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކުގެ މަގުބައްތިތަކާއެވެ. މި މަގުބައްތިތަކާ ހަވާލުވުމަށް އެ ރަށްތަކުގެ ކައުންސިލްތަކާއެކު ސްޓެލްކޯއިން ވަނީ މިއަދު ދުވަހު އެމްއޯޔޫތަކެއްގައި ސޮއި ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯއިން ސޮއި ކޮށްފައިވަނީ ކ. އަތޮޅުގެ 7 ރަށާއި ވ. އަތޮޅުގެ 5 ރަށުގެ ކައުންސިލްތަކާއެކުގައެވެ. އެއީ
1. ކ. ގާފަރު
2. ކ. ދިއްފުށި
3. ކ. ތުލުސްދޫ
4. ކ. ހިންމަފުށި
5. ކ. ގުޅި
6. ކ. މާފުށި
7. ކ. ގުރައިދޫ
8. ވ. ފުލިދޫ
9. ވ. ތިނަދޫ
10. ވ. ފެލިދޫ
11. ވ. ކެޔޮދޫ
12. ވ. ރަކީދޫ
ސްޓެލްކޯއިން ހަވާލުވަމުން އަންނަނީ އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްތަކުގެ މަގުބައްތި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތާއެވެ. މި މަސައްކަތުގެ ދަަށުން މީގެ ކުރިން އެ ކުންފުނިން ވަނީ 17 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ހަވާލުވެފައެވެ.
ސްޓެލްކޯއިން ރާއްޖޭގެ 32 ރަށެއްގައި ޚިދުމަތް ދެމުން އަންނަ އިރު މިހާތަނަށް ޖުމްލަ 29 ރަށެއްގެ މަގުބައްތިއާ އެ ކުންފުނިން މިވަނީ ހަވާލުވެފައެވެ.
މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.
އެ ކުންފުނިން ކުރިއަށް އޮތްތާނގައި ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ މަގުބައްތިތަކާ ވެސް ހަވާލުވާނެ ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!