''ސޭވް އަ ޑައިބެޓިކް ޗައިލްޑް'' ޕްރޮޖެކްޓްގެ ސްޕޮންސަރަކަަށް ސްޓެލްކޯ
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު އެ ސޮސައިޓީގެ “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ޕްރޮޖެކްޓް ސޮޕޮންސަރެއްގެ ގޮތުގައި ސޮއިކޮށްފިއެވެ. އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ. އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ސޮސައިޓިގެ ޗެއަރ ޕާސަން އައިޝަތު ޝިރުހާނާއެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ މިއޮތް ދުވަސްތ...