ސިލްސިލާ ވާހަކަ: ޙައްޤުގައި (ފަހުބައި)
ކުރީގެ ޢަދަދާއިގުޅޭ، ” އާނ! އެއްވެސް މީހަކަށް ނޭނގޭނެ! ޝާމިންއަކަށްވެސް ނޭނގޭނެ! އަންކަލް މިކަން ސިއްރުކޮށްދީ! އަހަރެންގެ ވިސްނުން ބަދަލުކޮށްލުވީ މި އުފާވެރި ޚަބަރުން. އެކަމަކު.. އަހަންނަށް އެނގޭ ޝާމިންއަށް މިކަމުން ލިބޭނީ އިތުރު ނުތަނަވަސްކަމެއް. ފަހަރެއްގައިވެސް އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް.. އަހަރެން ޝާމިންދެކެ ވާ ލޯބީގެ ޙައްޤުގައި މިހެން އިނދެ، ފިރިއެއްގެ ލޯބިން މަޙްރޫމް މިވަނީ! އަދި މި ދަރިފުޅަށްވެސް ބައްޕައެއްގެ ލޯތްބެއް ނުދެވޭނެ. އަހަރެމެން ގާތު އުޅެގެން ޝާމިންއަކަށް އެއްވެސް އުފަ...