އަންހެނުން މާލީ ގޮތުން ބާރުވެރިކުރުމުގެ މަޝްވަރާތައް ށ. އަތޮޅަށް؛ ބައްދަލުވުންތައް 10 ރަށެއްގައި
ޞިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން، އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތައް ށ އަތޮޅުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. އެ ވުޒާރާއިން “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ...