ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތަކެއް ށ.އަތޮޅު ކައުންސިލާއި، އެ ކައުންސިލުން ބައިވެރިކުރި ދަރިވަރުން ހޯދައިފިއެވެ.

މިގޮތުން މި މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން ށ. އަތޮޅު ކައުންސިލުން ވަނީ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ އާއި މުޅި މުބާރާތުން ފަޚްރުވެރި 2 ވަނަ ހޯދާފައެވެ.

Ad
d

މި މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ގޮފިން ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ މިލަންދޫ ސްކޫލްގެ ދަރިވަރު ޢާއިޝަތު ޝަބާއެވެ.

މީގެ އިތުރުން ކީ ސްޓޭޖް 3 އިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ މިލަންދޫ ސްކޫލްގެ ޢާއިޝަތު ޝިފްރާ ޝަފާޒު ހޯދާފައިވާއިރު، ކީ ސްޓޭޖް 5 އިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ލިބުނު މިލަންދޫ ސްކޫލްގެ ދަރިވަރު އައިޝަތު ޝަބާއެވެ.

މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ މިލަންދޫ ސްކޫލްގެ ދަރިވަރު ޢާއިޝަތު ޝަބާ، ޝަބާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕް ވެސް ލިބިފައި،

މި މުބާރާތުން ކީ ސްޓޭޖް 1 އިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ މާއުނގޫދޫ ސްކޫލްގެ ދަރިވަރު މިޝްޢާލް އިބްރާހިމް ޞަލާޙް ހޯދާފައިވާއިރު، ކީ ސްޓޭޖް 1 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައި ވަނީ ފުނަދޫ ސްކޫލްގެ ދަރިވަރު އައިނާން މުޙައްމަދު އަނީލް އެވެ.

މި މުބާރާތުން އެފް.އެސް އިން ނުބަލާ ކިޔެވުމުގެ ބައިން 2 ވަނަ ޅައިމަގު ސްކޫލްގެ ދަރިވަރު ޢައިނާ އަޙްމަދު ފަހީމް ހޯދާފައިވާއިރު، ކީ ސްޓޭޖް 2 އިން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދީ މިލަންދޫ ސްކޫލްގެ ހައުލާ ޢަބުދުލްހަލީލްއެވެ. އަދި ކީ ސްޓޭޖް 5 އިން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދީ މިލަންދޫ ސްކޫލްގެ ފާތިމަތު ސިލީން އަޙްމަދު އާތިފްއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިމުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ބައިވެރިންނަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، މީގެ އިތުރުން މުބާރާތުގެ ރަންވަނަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޢުމްރާ ދަތުރެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

Ad
df