ށ. އަތޮޅު ކައުންސލްތަކުގައި މަސައްކަތްކުރަމުންދާ އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ " ށ އަތޮޅު މަދަނީ މަސައްކަތްތެރީންގ ފޯރަމް" ނިންމާލައިފިއެވެ.
2 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މި ފޯރަމަކީ ށ އަތޮޅު ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތު ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް "ތިލަދުން" އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ށ އަތޮޅު ގެ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތައް ހިންގުން ހަރުދަނާ ކުރުމަށާއި، އަލަށް ރަށު ކައުންސިލްތަކާއި ގުޅުން މުވައްޒަފުންނަށާއި އަތޮޅުގެ ހުރިހާ ރަށެއްގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކަށް ރޭވި ޕްރޮގްރާމެއްކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގެ މަޤުސަދުގެ ތެރޭގައި ށ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުން ހިމެނުންކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މި މަސައްކަތްތެރީންގެ ފޯރަމްގެ ތެރެއިން މުވައްޒަފުންނަށް ތިއަރީ ސެޝަން ތަކުގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ތެރެއިން އައުޓްޑޯ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ފޯރަމްގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ މި ފޯރަމް ފުރިހަމަ ކުރިކަމުގެ ހަނދާނީ ލިޔުންވެސް އަތޮޅު ކައުންސިލުން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!