ށ. އަތޮޅުގައި ކުރިއަށްގެންދިޔަ ފުޓްސަލް ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

4 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ށ. އަތޮޅުގައި ކުޅިވަރުގެ ދާއިރާގައި އުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Ad
d

މި ޕްރޮގްރާމަކީ، ށ. އަތޮޅު ކައުންސިލާއި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އިތުރުން ފުޓްބޯލް އެސޯޝިއޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިގޮތުން މި ތަމްރީނު ޕްރޮގްރާމުގައި ށ. އަތޮޅުގެ 9 ރަށަކުން މުޅި ޖުމްލަ 16 ބައިވެރިވެރިން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، އެ 16 ބައިވެރިންވެސް ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް "ތިލަދުން" އަށް ވިދާޅުވެފައިވަނީ މި ޕްރޮގްރާމަކީ އަތޮޅުގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތަށާއި، އެ އަތޮޅުގެ ރަށްތަކުން ބާއްވާ ފުޓްބޯޅަ މުބާރާތްތަކަށް ކޯޗުން ތަމްރީނުކުރުމަށް އަތޮޅު ކައުންސިލުގެ 5 އަހަރު ތަރައްޤީގެ ޕްލޭނުގައި ހިމެނިފައިވާ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ބައިގައި ހިމެނިފައިވާ ޕްރޮގްރާމެއްކަމަށެވެ.

Ad
df

މީގެ އިތުރުން، މިފަދަ ކުޅިވަރުގެ އެކު ދާއިރާތަކުން ޒުވާނުންނަށް ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގާފައިވާކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.