ށ.އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފަކަށް ސީނިއަރ ކައުންސިލް އޮފިސަރ ސާމިޔާ ޙަސަން އަދި އެންމެ ހީވާގި މުވައްޒަފަކަށް ސަޕޯޓް ވޯކަރ ޙަސަން މުޙައްމަދު ހޮވިއްޖެއެވެ.
ށ. އަތޮޅު ކައުންސިލުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ ހަފްލާގައި ވަނީ އެކައުންސިލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފައެވެ.
2025 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފާއި، ހީވާގި މުވައްޒަފުގެ އިތުރުން އަހަރުގެ ހިއްމަތްތެރި މުވައްޒަފުންނަށް ޕްރިންސިޕަލް އެކައުންޓް އޮފިސަރ އަހުމަދު ހުމޫދު އަދި އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް މަމްދޫޙް ނަސީމު ވަނީ ހޮވިފައެވެ.
ށ.އަތޮޅު ކައުންސިލްގެ އަތޮޅުގެ ޚިދުމަތްތެރި މުވައްޒަފުންގެ ގޮތުގައި ތިން މުވައްޒަފަކު ވަނީ ހޮވިފައެވެ. އެއީ ކައުންސިލް އެސިސްޓެންޓް އިސްމާއީލް ޝަރީފް، ކައުންސިލް އޮފިސަރ އައިމިނަތު މޫސާ އަދި ޑްރައިވަރ މުޙައްމަދު ޙަސަން އެވެ.
ށ.އަތޮޅު ކައުންސިލުން ވަނީ 16 ނޮވެމްބަރު 2014 އިން 19 އޮކްޓޯބަރު 2025 އަށް އެ ކައުންސިލްގެ ފަޅުވެރިއެއްގެގޮތުގައި ޚިދުމަތްކޮށްދީފައިވާ އަބުދުއްރަޙްމާން އާދަމް އަށް ޚިދުމަތުގެ ލޮއި ފިލާ ދީފައެވެ.
މީގެ އިތުރުން އެ ކައުންސިލްގެ ބިޒްނަސް ޑިވްލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި 24 ފެބްރުއަރީ 2026 އިން 16 ފެބްރުއަރީ 2025 އަށް އައިޝަތު ޔަމްނާ ކޮށްދެއްވާފައިވާ ޚިދުމަތާއި، 24 އޮކްޓޯބަރު 2025 އިން 1 މާރިޗް 2025 އަށް ފާމަސީ އެސިސްޓެންޓެއްގެ ގޮތުގައި ޒީނިޔާ އަބުދުލް ޙަމީދު، 2 ޖޫން 2022 އިން 6 އޮކްޓޯބަރު 2025 އަށް ލީގަލް އޮފިސަރެއްގެ ގޮތުގައި މުހައްމަދު ހުޝާމް އަދި 8 މާރިޗް 2023 އިން 10 ޖުލައި 2025 އަށް ކައުންސިލް އޮފިސަރ އަހްމަދު އިލްޙާމް މުޙައްމަދު ކޮށްދެއްވި ޚިދުމަތުގެ އަގު ށ.އަތޮޅު ކައުންސިލުން ވަނީ ވަޒަންކޮށްފައެވެ.
މީގެ އިތުރުން ހާޒިރީން ސައްތައިން ސައްތަ ހޯއްދެވި 28 މުވައްޒަފެއްގެ އަގު ވަނީ ވަޒަންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!