ށ. އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ މުވައްޒަފުންގެ އަހަރީ ހަފްލާ ބުރާސްފަތި ދުވަހުގެރޭ ބާއްވައިފިއެވެ.

ށ.އަތޮޅު ކައުންސިލުން ބުނިގޮތުގައި މިއީ ކައުންސިލްގެ މުވައްޒަފުން ކުރި ގިނަ މަސައްކަތްތަކާއި، ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމަށް ޝުކުރު އަދާކުރުމަށް ބޭއްވުނު ހަރަކާތެއްކަމަށެވެ.

Ad
rt

މި އަހަރީ ރޭގެ ހަފްލާގައި، ކައުންސިލްގެ ލާމަސީލު މުވައްޒަފާއި، ހީވާގި މުވައްޒަފާއި އަދި ޚިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑުދީފައިވެއެވެ. މި މުވައްޒަފުންނަށް ށ.އަތޮޅު ކައުންސިލުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މީގެ އިތުރުން މަސައްކަތަށް ހާޒިރުވުމުގެ އެވޯޑު ލިބުނު ފަރާތްތަކަށާއި، ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ހުރިހާ މުވައްޒަފުންނަށް ކައުންސިލްގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މި ހަފުލާގައި ވަނީ ށ.އަތޮޅު ކައުންސިލަށް ދިގު މުއްދަތެއްގައި ޚިދުމަތް ދެއްވާފައިވާ މުވައްޒަފުންނަށާއި، 2025 ވަނަ އަހަރު ކައުންސިލްގެ ޚިދުމަތުން ވަކިވެވަޑައިގެންނެވި މުވައްޒަފުންގެ ވެސް އަގު ވަޒަންކޮށްފައެވެ. އަދި އެބޭފުޅުން ކައުންސިލަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ސެޓްފިކެޓް ވަނީ ދީފައެވެ.

ށ.އަތޮޅު ކައުންސިލުން ވަނީ މިފަދަ ކާމިޔާބު ހަރަކާތްތައް ބޭއްވުމަށް ކައުންސިލް މެންބަރުންގެ ފަރާތުން ލިބިލިބި ހުންނަ އެހީތެރިކަމާއި އިރުޝާދު ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. އަދި ށ.އަތޮޅު ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް، އެބޭފުޅުންގެ ހުއްޓުމެއްނެތި ކުރައްވާ އަގުހުރި މަސައްކަތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައިވެއެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް ހުރިހާ މުވައްޒަފުން ގުޅިގެން އިތުރަށް ބާރުގަދަވެ، ކުރިއަރަމުންދާ ކަމީ ފާހަގަކުރެވޭ ކަމެކެވެ.