ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް، އިމަރޖެންސީ ފަސްޓް ރެސްޕޯންސް އަދި ރެސްކިއު ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ށ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލުގައި ހިމަނައިގެން، އެ އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާތަކުން ވަޒީފާއަށް ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ.

Ad
d

ޑައިވް ޑެސްކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ކޯސްތަކުގައި 11 ބައިވެރިން ބައިވެރިވެފައިވާއިރު، މި ކޯހުގެ ތަމްރީނު ކުރިއަށް ގޮސްފައިވަނީ ޑައިވް ޑެސްކް ޕްރައިވެޓް ލިމިޓެޑް އިންނެވެ.

ށ.އަތޮޅު ކައުންސިލުން ކުރިއަށްގެންދިޔަ ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯހުގެ ބައިވެރިން، ފޮޓޯ: ޑައިވްޑެސްކް

މި ކޯސްތަކުގައި ބައިވެރިވި ކޮންމެ ބައިވެރިއަކަށް މުޅި ޖުމްލަ 14،818.18 (ސާދަހާސް އަށް ސަތޭކަ އަށާރަ ރުފިޔާ އަށާރަ ލާރި) ހަރަދުވެފައިވާއިރު، ހުރިހާ ބައިވެރިންގެ ކޯސް ފީ ފަންޑުކޮށްދެއްވާފައިވަނީ ށ. އަތޮޅު ކައުންސިލުންނެވެ.

ށ.އަތޮޅު ކައުންސިލުން ކުރިއަށްގެންދިޔަ ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯހުގެ ތެރެއިން، ފޮޓޯ: ޑައިވްޑެސްކް

މިގޮތުން މި ކޯސްތަކުގެ ޖުމްލަ އަގެއްގެ ގޮތުގައި ހަރަދުވެފައިވަނީ 163،300 ރުފިޔާ އެވެ.

ށ. އަތޮޅު ކައުންސިލުން މީގެ ކުރިން ވަނީ ބޭސިކް ޑައިވިން ކޯސް ކާމިޔާބު ކަމާއެކު ހިންގާފައެވެ.

Ad
df

ށ.އަތޮޅު ކައުންސިލަކީ އަތޮޅުގެ ތަރައްގީއަށް ހީވަގީ މަސައްކަތްތަކެއް ކުރަމުން އަންނަ ހިންގުންތެރި ކައުންސިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.