Skip to main content
Topic Archive

#Shaviyani Narudhoo

160 Stories filed
ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި
Thiladhunmathi News

ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި

ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ އިޖުތިމާއީ ސިޔާސަތުގެ ދަށުން އެ ރަށުގައި ތަރައްގީކުރި ”ބަނޑަހަމަގު ބީޗް” ގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން ބުނީ މި ބީޗަކީ ނަރުދޫ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށްޓަކައި ތަރައްގީކުރި ތަނެއް ކަމަށެވެ. މި މަޝްރޫއު ނިމި، މިހާރު އެ ސަރަހައްދުގެ ބޭނުން ރައްޔިތުން ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް […]

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް
Thiladhunmathi News

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް

ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ “އަސާސީ ދަނޑު” ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ. ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު” ގެ 5 […]

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި
Raajje

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ނަރުދޫން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރޯދަ މަހަށް ބޭނުންވާ ތަކެތި ހައްދައި، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. ނަރުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު...

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ނަރުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެލިސްޓަރ އިންވެސްޓްމަންޓް އާއެވެ. 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނަރުދޫ ކައުންސިލުން އެލިސްޓަރ އިންވެސްޓްމަންޓް އާއި ހަވާލުކުރި މި މަސައްކަތުގެ މަގުސަދަކީ، ނަރުދޫ ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ، އިޖްތިމާޢީ ސަރަހައްދުތައް އަލިކުރުމެވެ. އެގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 137،905 (އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ...

ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް
Thiladhunmathi News

ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް

ނަރުދޫގައި ނަރުދަމާ އެޅުމުގެ މަޝްރޫޢު ނޮވެމްބަރުގައި ބާރަށް ކުރިއަށް ގެންދެވޭނެކަމަށާއި، އެރަށުގައި ހަދާ ބަނދަރު ފުޅާކޮށްދީ އެތަން ތަރައްގީކޮށްދޭނީ ސޭފް ބަނދަރެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ނަރުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެ ބޮޑު ދެ މައްސަލައެއްގެ ގޮތުގައި ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ނަރުދަމާގެ މައްސަލައާއި، ބަނދަރުގެ މައްސަލަ ކަމަށެވެ....

ށ.ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ށ.ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި

ށ. ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ. އެގޮތުން ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްގެން ނަރުދޫގައި ފުލުހުންގެ މަރުކަޒެއް ތަރައްޤީކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މަރުކަޒުގެ ޢަމަލީ މަސަ...

ނަރުދޫ ގޮނޑުދޮށް ހިމާޔާތްކުރުމަށް އެމްޓީސީސީއަށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އާރުޑީސީއަށް
Thiladhunmathi News

ނަރުދޫ ގޮނޑުދޮށް ހިމާޔާތްކުރުމަށް އެމްޓީސީސީއަށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އާރުޑީސީއަށް

ށ.ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ ރަށު ޞިއްޙީ މަރުކަޒުގައި އައު އިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނަރުދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން ނަރުދޫ ގޮނޑުދޮށް ހިމާ...

ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި

ށ. ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން އެ ރަށުގެ މަގުތަކުގައާއި ގޯޅިތައް ވަކިވާނެހެން ނަންބޯޑު ހަރުކުރުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ، ކޮމްބައިން ޕްރިންޓަރސް އަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނަރުދޫ ކައުންސިލުގެ ފަރާތުން ވަނީ ކޮމްބައިން ޕްރިންޓަރސް އާއި ބައްދަލުކޮށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި...

އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ
Thiladhunmathi News

އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ

ށ. ނަރުދޫގައި ހިންގަމުން އަންނަ އެންމެ ސަޅި ކެފޭ ކަމުގައިވާ ބްރީޒް ވިއުގެ އަހަރީ ޕްރޮމޯޝަން، އަގުބޮޑު އިނާމުތަކާއިއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއްވަނަ އިނާމަކަށް 43 އިންޗީގެ ބޮޑު ސްމާޓު ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދިނުމަށް ހަމަޖެހިފައިވަނީ ޑައިނަމިކް ސުޕަރޖެނެރަލް ބްރޭންޑުގެ 7 ކިލޯގެ އޮޓޯ ދޮންނަ މެޝިނެކެވެ. […]

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި
Thiladhunmathi News

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކ...

ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތަކެއް
Thiladhunmathi News

ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތަކެއް

މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް (މެފް) އިން ށ. ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕް އިން ހިންގާ މި ތަމްރީނު ޕްރޮގްރާމުތަކަކީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީނުތަކެކެވެ. ނަރުދޫގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތާއި ތިއަރީ (ނަޒަރިއްޔާތު) ގެ ކްލާސްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ ދަނ...

ނަރުދޫ ބަނދަރު ހިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނަރުދޫ ބަނދަރު ހިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނަރުދޫގައި ޤާއިމްކޮށްފައިވާ ބަނދަރު ހިޔާ އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ނަރުދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. ނަރުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ނަރުދޫ ބަނދަރު ހިޔާ ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުގެ ފުރުޞަތު ހުޅުވާލައި މި މަޝްރޫޢުއަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށްކަމަށެވެ. އެގޮ...

ށ.އަތޮޅު ކައުންސިލްގެ މިއަހަރުގެ ގްރާންޓް ފޯކައިދޫ އާއި ނަރުދޫ އަންހެނުންގެ ކޮމެޓީއަށް
Thiladhunmathi News

ށ.އަތޮޅު ކައުންސިލްގެ މިއަހަރުގެ ގްރާންޓް ފޯކައިދޫ އާއި ނަރުދޫ އަންހެނުންގެ ކޮމެޓީއަށް

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ ކޮމިޓީ) ތަކަށް ދޭ ގްރާންޓަށް ކުރިމަތިލުމަށް މިއަހަރު ހުޅުވާލި ފުރުސަތުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅި އތމ ކޮމެޓީތަކުގެ ތެރެއިން މިއަރުގެ ގްރާންޓް ލިބޭ ދެ ކޮމެޓީ ހޮވައިފިއެވެ. މި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އަތޮޅު ކައުންސިލުގެ ބަޖެޓުން އތމ ކޮމިޓީތަކުން ޕްރޮޕޯސްކޮށްފައިވާ މަޝްރޫޢުތައް ހިންގުމަށެވެ. ށ.އަތޮޅު ކައުންސިލުން ބުނިގޮތުގައި މި ފުރުސަތުގެ ދަށުން އެންމެ މަތިން ޕޮއިންޓް ލިބިގެން މި ގްރާންޓް މިއަހަރު ކާމިޔާ...