މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް (މެފް) އިން ށ. ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕް އިން ހިންގާ މި ތަމްރީނު ޕްރޮގްރާމުތަކަކީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީނުތަކެކެވެ.

Ad
rt

ނަރުދޫގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތާއި ތިއަރީ (ނަޒަރިއްޔާތު) ގެ ކްލާސްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަފްކޮށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނޑުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކާމެދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެނދިއުމަށް މެފް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަޢާރަފްކުރުމުގެ ގޮތުން ނަރުދޫ ހިމެނޭހެން އުތުރުގެ 12 ރަށެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިންނާއި މެޕް އިން ވަނީ ގްރީން ހައުސް ޤާއިމްކޮށްފައެވެ.