ށ. ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.

އެގޮތުން އެ ރަށުގެ މަގުތަކުގައާއި ގޯޅިތައް ވަކިވާނެހެން ނަންބޯޑު ހަރުކުރުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ، ކޮމްބައިން ޕްރިންޓަރސް އަށެވެ.

Ad
rt

މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނަރުދޫ ކައުންސިލުގެ ފަރާތުން ވަނީ ކޮމްބައިން ޕްރިންޓަރސް އާއި ބައްދަލުކޮށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 28،910 (އަށާވީސް ހާސް ނުވަސަތޭކަ ދިހަ) ރުފިޔާއެވެ.