ށ. ނަރުދޫގައި ހިންގަމުން އަންނަ އެންމެ ސަޅި ކެފޭ ކަމުގައިވާ ބްރީޒް ވިއުގެ އަހަރީ ޕްރޮމޯޝަން، އަގުބޮޑު އިނާމުތަކާއިއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެއްވަނަ އިނާމަކަށް 43 އިންޗީގެ ބޮޑު ސްމާޓު ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދިނުމަށް ހަމަޖެހިފައިވަނީ ޑައިނަމިކް ސުޕަރޖެނެރަލް ބްރޭންޑުގެ 7 ކިލޯގެ އޮޓޯ ދޮންނަ މެޝިނެކެވެ. ތިން ވަނައަށް ދިނުމަށް ހަމަޖެހިފައިވަނީ އަވަނެކެވެ.

ބްރީޒް ވިއު ކެފޭ އިން 100 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް މިޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9253535 އާއި ގުޅުއްވުމަށް އެދިފައިވެއެވެ.
ނަރުދޫ ބްރީޒް ވިއު ކެފޭ އަކީ އެރަށަށް ޒިޔާރަތް ކުރާ މީހުންނާއި އެރަށު ރައްޔިތުންގެ މެދުގައި މަޤުބޫލު ކެފޭ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!