ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ނަރުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެލިސްޓަރ އިންވެސްޓްމަންޓް އާއެވެ.

Ad
rt

18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނަރުދޫ ކައުންސިލުން އެލިސްޓަރ އިންވެސްޓްމަންޓް އާއި ހަވާލުކުރި މި މަސައްކަތުގެ މަގުސަދަކީ، ނަރުދޫ ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ، އިޖްތިމާޢީ ސަރަހައްދުތައް އަލިކުރުމެވެ.

އެގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 137،905 (އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ ފަސް) ރުފިޔާ އެވެ.

މި މަސައްކަތް ނިމުމުން އިޖުތިމާއީ ގޮތުން ރަށްރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ނަރުދޫ ރައްޔިތުންނަށް މި މަސައްކަތުގެ ސަބަބުން ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.