ށ. ނަރުދޫގައި ޤާއިމްކޮށްފައިވާ ބަނދަރު ހިޔާ އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ނަރުދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ނަރުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ނަރުދޫ ބަނދަރު ހިޔާ ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުގެ ފުރުޞަތު ހުޅުވާލައި މި މަޝްރޫޢުއަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށްކަމަށެވެ.
އެގޮތުން މި މަޝްރޫޢު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖޫން 2025 ވީ ބުދަ ދުވަހުން ފެށިގެން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި ނަރުދޫ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ އެ އިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ށ. ނަރުދޫ، ފޮޓޯ: ސާޖިން/ޒުވާންމަސްވެރިޔާ
އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަމާއި އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމަށްވެސް ނަރުދޫ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ނަރުދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި މަޝްރޫޢުއާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ 13 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 11 ޖަހާއިރު ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައިކަމަށެވެ. އަދި މީގެ އިތުރުން ބީލަމާއި ގުޅިގެން ސުވާލެއްވާނަމަ 15 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން esms@narudhoo.gov.mv އަށް މެއިލް ކުރެއްވުން އެދި ކައުންސިލުން އިއުލާނުކޮށްފައިވެއެވެ.
މި މަޝްރޫޢު އާއި ގުޅިގެން އަގުގެ ގޮތުގައި 150 ރުފިޔާ ކަނޑައަޅާފައިވާ ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 13 ޖުލައި 2025 އިން ފެށިގެންނެވެ. އަދި ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބޭނެކަމަށް އިއުލާނުކޮށްފައިވެއެވެ.
އަދި މި މަޝްރޫޢު އާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ނަރުދޫ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6540049 އަށް ގުޅުއްވުމަށް ނުވަތަ ކައުންސިލުގެ އީމެއިލް esms@narudhoo.gov.mv މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!