ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ އިޖުތިމާއީ ސިޔާސަތުގެ ދަށުން އެ ރަށުގައި ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ.
ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން ބުނީ މި ބީޗަކީ ނަރުދޫ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށްޓަކައި ތަރައްގީކުރި ތަނެއް ކަމަށެވެ. މި މަޝްރޫއު ނިމި، މިހާރު އެ ސަރަހައްދުގެ ބޭނުން ރައްޔިތުން ދަނީ ކުރަމުންނެވެ.
މި މަޝްރޫއަކީ ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ދޫކުރާ 100,000 (އެއްލައްކަ) ރުފިޔާގެ ގްރާންޓުގެ އެހީގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ރަމްޒް ސްޕޯޓްސް އެކަޑަމީން ތަރައްގީކުރި އެރަށު ބަނޑަހަމަގު ބީޗް ، ފޮޓޯ: ނިޝާން/ރަމްޒް ފޮޓޯ ގްރަފީ
ރަމްޒު ސްޕޯޓްސް އެކަޑަމީން ވަނީ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށް ލިބުނު އެހީތެރިކަމަށްޓަކައި ށ. އަތޮޅު ކައުންސިލަށާއި ނަރުދޫ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.
ރަމްޒް ސްޕޯޓްސް އެކަޑަމީން ތަރައްގީކުރި އެރަށު ބަނޑަހަމަގު ބީޗް ، ފޮޓޯ: ނިޝާން/ރަމްޒް ފޮޓޯ ގްރަފީ
މިފަދަ ބީޗެއް ތަރައްގީކުރުމުގެ މައިގަނޑު މަގްސަދަކީ ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ އެކަޑަމީން ބުނެއެވެ.
ރަމްޒް ސްޕޯޓްސް އެކަޑަމީން ތަރައްގީކުރި އެރަށު ބަނޑަހަމަގު ބީޗް ، ފޮޓޯ: ނިޝާން/ރަމްޒް ފޮޓޯ ގްރަފީ
މިތަނުގައި އިށީންނާނެ އުނދޯއްޔާއި، ޖޯލި ފައްޗާއި އަދި ގޮނޑި ގޮތައް ހަދާފައިވާ މުޑިތަކާއި، މޭޒު ވަނީ ހަދާފައެވެ.
ރަމްޒު ސްޕޯރޓްސް އެކަޑާމީއަކީ ނަރުދޫގައި އިޖުތިމާއީ ރޮނގުންނާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކޮށް، ކުޅިވަރުގެ ފުރުސަތު ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރާ އެކަޑަމީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!