މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހައިކޯޓު

171 Stories filed
ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފި
Raajje

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފި

މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު)ގެ ޕާސްޕޯޓު ސިވިލް ކޯޓުން ހިފަހައްޓާފައި ވަނީ ރަގަޅަށް ކަމަށް ހައިކޯޓުން ވެސް ނިންމައިފިއެވެ. ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ މި އަހަރުގެ ފެބްރުއަރީ […]

ސޫޒަންގެ މުސާރަ ހާމަކުރަން އެންގި މައްސަލަ ހައިކޯޓުން ބަލައިނުގަތް
Raajje

ސޫޒަންގެ މުސާރަ ހާމަކުރަން އެންގި މައްސަލަ ހައިކޯޓުން ބަލައިނުގަތް

އެސްޓީއޯގެ ކޮންސަލްޓެންޓެއްގެ މަގާމުގައި ހުރި ސޫޒަން އިބްރާހިމްފުޅުގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އެސްޓީއޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. އެމްޑީޕީގައި ހަރަކާތްތެރިވާ ސޫޒަންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު އެންގުމުން އެ ނިންމުން އިސްތިއުނާފް ކުރަން ހައި ކޯޓަށް އެސްޓީއޯއިން ހުށަހެޅީ ދައުލަތުގެ އިދާރާއަކަށް އެސްޓީއޯ ނުވާ ކަމަށް ބުނެ އެވެ. ހައި ކޯޓުން މައްސަލަ ބަލައިނު...

ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލަން ހައި ކޯޓުން ވެސް ތާއީދު
Raajje

ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލަން ހައި ކޯޓުން ވެސް ތާއީދު

ޔޯގާ ހަމަނުޖެހުމުގެ މައްސަލާގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. މިދިޔަ މަހު ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި ރައްޒާން ހިމެނެ އެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ […]

ކުޅުދުއްފުށީ ކޯޓުން ވަކިކުރި އެޑްމިނިސްޓްރޭޓަރާ އެކު އިތުރު ނުވަ މީހަކަށް އަލުން ވަޒީފާ
Raajje

ކުޅުދުއްފުށީ ކޯޓުން ވަކިކުރި އެޑްމިނިސްޓްރޭޓަރާ އެކު އިތުރު ނުވަ މީހަކަށް އަލުން ވަޒީފާ

ހދ. ކުޅުދުއްފުށީ ކޯޓުގެ އެޑްމިިނިސްޓްރޭޓަރު ހިމެނޭގޮތަށް، އެ މަގާމުން ވަޒީފާއިން ވަކިކުރި 10 މީހަކަށް އަލުން ވަޒީފާދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބޭ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ވެސް ހިމެނެ އެވެ. ވަޒީފާއާބެހޭ […]

ތޮޅެންދޫ މައްސަލަ: ހައިކޯޓުގައި ވެސް ކާމިޔާބުވީ ނ. އަތޮޅު ކައުންސިލް
Raajje

ތޮޅެންދޫ މައްސަލަ: ހައިކޯޓުގައި ވެސް ކާމިޔާބުވީ ނ. އަތޮޅު ކައުންސިލް

ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ތޮޅެންދޫ ސަރުކާރުން އަމިއްލަ ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީ ނ. އަތޮޅު ކައުންސިލުންނެވެ. އަދި އެ މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިިވިލް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުނެވެ. އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ […]

ބޭންކަށް ދައްކަން ޖެހޭ 2.3 މިލިއަނުން އަލީ ޒާހިރު ސަލާމަތެއް ނުވި
Raajje

ބޭންކަށް ދައްކަން ޖެހޭ 2.3 މިލިއަނުން އަލީ ޒާހިރު ސަލާމަތެއް ނުވި

މޮރިޝަސް ކޮމާޝަލް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސުލް ޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގެވީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ފައިސާ ދޫކުރުމުންނެވެ. އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ […]

އުތުރާއި ދެކުނުގެ ހައިކޯޓުގެ ގޮފި އުވާލަން ފާސްކޮށްފި
Raajje

އުތުރާއި ދެކުނުގެ ހައިކޯޓުގެ ގޮފި އުވާލަން ފާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފި އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ، އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުންނެވެ. އިއްޔެގެ ޖަލްސާގައި 36 މެމްބަރުން ވޯޓު ދީފައި ވެއެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ ބިލު ދިރާސާކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ […]

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޒައިފާ
Raajje

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޒައިފާ

ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި ހުޒައިފާ އެ މަގާމަށް އައްޔަންކުރަން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން “ހައިލީ ރިކޮމެންޑެޑް” ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ […]

އިހަވަންދޫ ގަތުލު: މަރުގެ ހުކުމް އިއްވުމުން ގާތިލް ހައިކޯޓަށް
Raajje

އިހަވަންދޫ ގަތުލު: މަރުގެ ހުކުމް އިއްވުމުން ގާތިލް ހައިކޯޓަށް

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ގާތިލު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް […]

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި
Raajje

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ހައިކޯޓުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ހައިކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއ...

ހައްޔަރު އަމުރެއްގެ މައުލޫމާތު ލީކުވުމުން ހައި ކޯޓުން ފުލުހުންނަށް ސުވާލު
Raajje

ހައްޔަރު އަމުރެއްގެ މައުލޫމާތު ލީކުވުމުން ހައި ކޯޓުން ފުލުހުންނަށް ސުވާލު

ހައްޔަރު ކޮށްގެން ހައި ކޯޓަށް ގެންނަން އެންގި މީހަކު ހައްޔަރު ނުކުރެވި ހުއްޓާ އެ މީހާ އަމިއްލައަށް ކޯޓަށް އައުމުން އެ މައުލޫމާތު ލީކުވި ގޮތާ މެދު ހައި ކޯޓުން މިއަދު ސުވާލު އުފައްދައިފި އެވެ. ޑްރަގް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރި މައްސަލާގައި އެ މީހާ ހާޒިރު ނުވުމުން ހައި ކޯޓުން ފުލުހުންނަށް އަމުރުކުރީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ގެނައުމަށެވެ. ފުލުހުން އޭނާ ހައްޔަރު ނުކޮށް […]

އިންޑިއާ އައުޓް ބެނާ މައްސަަލަ: ހައި ކޯޓުގައި ފުލުހުންނަށް ހޫނު ސުވާލުތަކެއް
Raajje

އިންޑިއާ އައުޓް ބެނާ މައްސަަލަ: ހައި ކޯޓުގައި ފުލުހުންނަށް ހޫނު ސުވާލުތަކެއް

ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގިއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތައް ފުލުހުންނަށް މިއަދު އަމާޒުވެއްޖެ އެވެ. ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ކޯޓު އަމުރެއްގެ ދަށުން ނެގި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މީހަކު ބެނާއެއް ދެމުމަކީ ކުށަކަށް ވާ ގޮތެއް ބުނެދޭން ފުލުހުންނާ ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ. […]

ދަށު ކޯޓުން ދޫކޮށްލި ޕެސްޓް ހައި ކޯޓުން އަލުން ބަންދަށް
Raajje

ދަށު ކޯޓުން ދޫކޮށްލި ޕެސްޓް ހައި ކޯޓުން އަލުން ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) ދަށު ކޯޓުން ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕެސްޓް ބޭސްފަރުވާއަށް ދެ މަސް ދުވަހަށް ބަންދުން ދޫކޮށްލަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އެންގީ ޝަރުތުތަކާ އެކު އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ ދަށު ކޯޓުގެ އަމުރު […]

ހައި ކޯޓުގެ އުތުރު ގޮތްޕަށް ފަނޑިޔާރުންގެ ވަފުދު ގޮސްގެން މައްސަލަ ބަލަނީ
Thiladhunmathi News

ހައި ކޯޓުގެ އުތުރު ގޮތްޕަށް ފަނޑިޔާރުންގެ ވަފުދު ގޮސްގެން މައްސަލަ ބަލަނީ

ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފީގައި ހުރި މައްސަލަތައް ބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ. ހައި ކޯޓުން ވަޑައިގަތް ފަނޑިޔާރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އޭގެ ތެރެއިން ފަނޑިޔާރު ނިޔާޒަކީ ކުރިން ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް […]

މަހްލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް: ޕީޖީ
Raajje

މަހްލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް: ޕީޖީ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރި ރިޝްވަތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން […]