އަލީގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ. އެ ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ކަނޑައަޅާފައެވެ. އެ މައްސަލާގެ އަޑުއެހުމުގައި ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާ...