ނޮޅިވަރަމް ސުކޫލް ކުރިމަތީ މަގާއި އަމީނީ މަގުގައި ހުރި އަޑިގުޑަންތަކަށް ވެލިއަޅައިފި
ހދ. ނޮޅިވަރަމް ސުކޫލް ކުރިމަތީ މަގާއި އެ ރަށު އަމީނީ މަގުގައި ހުރި އަޑިގުޑަންތައް ނައްތާލުމަށްޓަކައި އެ މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތަކީ އެ މަގުތައް ބޭނުންކުރާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސިއްހީ މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށް ނޮޅިވަރަމް ކައުންސިލުން ބުނެއެވެ. ނޮޅިވަރަމް ކައުންސިލުން ހާމަކުރި ގޮތުގައި، މި މުހިންމު މަސައްކަތަކީ ކައުންސިލުގެ އެދުމަކަށް އެ ރަށުގެ ދީލަތި ފަރާތެއް ކަމަށްވާ އ...