1446 ވަަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން ހދ.ވައިކަރަދޫ ކައުންސިލަށާއި ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލާ އަށް ހަނދާނީ ލިޔުންދީފިއެވެ.
ރޭގައި ސަލަފުން ބޭއްވި ހަފުލާއެއްގައި ވަނީ ވައިކަރަދޫ އާއި ނޮޅިވަރަމުގެ އިތުރުން 6 ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ.
މި ހަފްލާގައި ހަނދާނީ ލިޔުން ލިބުނު އިތުރު ފަރާތްތަކަކީ އދ.ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް ،، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ އަދި ކައުންސިލު، ނަޑެެއްލާ އައިލެންޑް ޑެވެލޮޕްމެންޓ ސޮސައިޓީއެވެ.
މި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން އެލް.ޖީ.އޭގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފެވެ.
ލިޔުން ޙަވާލުކޮށްދެއްވުމަށްފަހު، ޙަފްލާގެ ބައިވެރިންނާ މުޚާޠަބް ކުރައްވައި ޝަރަފްވެރިމެހެމާނު ވާހަކަފުޅު ދައްކަވަމުން، ޖަމްޢިއްޔަތުއްސަލަފުން އިސްނަންގަވައިގެން މިފަދަ ކަމެއް ކުރައްވާކަމީ އުފާފުޅުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއީ މިފަދައިން ރާއްޖޭގައި ބޭއްވޭ ފުރަތަމަ މުނާސަބަތުކަން ކަމުގައި ފާހަގަ ކުރެއްވިއެވެ.
ރޭ ބޭއްވުނު ޙަފްލާގައި، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުވެސް ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. ޝައިޚުގެ ވާހަކފުޅުގައި، އިމުގެތެރޭން ޢީދު ފާހަގަކުރުމުގެ ގޮތުން ހޭލުންތެރި ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ޙިއްސާކުރައްވިއެވެ. މިގޮތުން ޖަމްޢިއްޔަތުއްސަލަފް އިސްވެއޮވެ، އެކުލަވާލާފައިވާ ރާއްޖޭގެ އެކިކަންކޮޅުތަކުން ޙަރަކާތްތެރި ދަޢުވަތުގެ މަސައްކަތްކުރަމުންދާ ޖަމްޢިއްޔާތަކުގެ ވިއުގައެއް އެކުލަވާލާފައިވާކަމާ، އެޖަމްޢިއްޔާތަކާއި މަޝްވަރާކޮށް، ޢީދު އިމުގެތެރޭން ފާހަގަކުރުމަށް ހޭލުންތެރި ކުރުވުމުގެގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ މަޝްވަރާކޮށް، 1446 ވަނަ އަހަރު “ޢީދުއުފާ އިމުގެތެރޭ” ނަމުގައި ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!