ހދ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ ރޭ އަޅައިފިއެވެ.

މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މި މަރުކަޒަކީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ނޮޅިވަރަމުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ އާ އިމާރާތްނޮޅިވަރަމު ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅާ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ.