ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ތިލަދެކުނު ވޮލީ މުބާރާތް 2025" ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނޮޅިވަރަމް ޒުވާނުންގެ ގުޅުން (އެންޒެޑްޖީ) ހޯދައިފިއެވެ.
ހދ.ނައިވާދޫ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ ރޭގައެވެ. މި މެޗުގައި ނޮޅިވަރަމް ނޮޅިވަރަމް ޒުވާނުންގެ ގުޅުމުން ޗެމްޕިއަންކަން ހޯދީ ސީދާ 3 ސެޓުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (އެޗްޒެޑްޖޭ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓް ނޮޅިވަރަމުން ގެންދިޔައީ 25-21 ޕޮއިންޓުންނެވެ. ދެވަނަ ސެޓް 25-22 އިން ގެންދިޔައިރު، ތިން ވަނަ ސެޓް ނޮޅިވަރަމުން ގެންދިޔައީ 25-19 އިންނެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިން
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިން
- އަމްދާން އަލީ، ޖޒނ4، ނޮޅިވަރަމް ޒުވާނުންގެ ގުޅުން
- އަހްމަދު ރަޝީދު ޖޒ15 ނޮޅިވަރަމް ޒުވާނުންގެ ގުޅުން
- ހުސައިން ޔޫސުފް ޖޒ17 ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
- އަލީ ޚާލިދު ޖޒ10 ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
- އަލީ ވަހީދު ޖޒނ12 ކްލަބް ކޮރަލްސް، ކުޅުދުއް
- ހަސަން ޒިޔާދު ޖޒނ12 ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް
މި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި ހޮވިފައި ވަނީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ ކޯޗު ހުސައިން އަލީއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހިވުނީ ކުޅުދުއްފުށީ ސިޓީގެ ކްލަބް ކޮރަލްސް އެވެ.
ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް ވެސް އިއްޔެ ވަނީ ކުޅެފައެވެ. މި ފައިނަލްގައި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ސާއްބަ އެކުވެރިކުލަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!