ހދ. ނޮޅިވަރަމުގައި ފަހާފޮށި ބޭނުންކޮށްގެން މާ ޖަހަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންނާއި، ސަރަންގު ޖަރީ އާއި ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ.

Ad
rt

މި ޖޫން މަހު 15 އިން 26 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރަމުގައި މުޅި ޖުމްލަ 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ފަރާތްތަކަށް ފަހާފޮށި ބޭނުންކޮށްގެން މާޖެހުމަށާއި އެކި ކަހަލަ އުކުޅުތައް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައިވަނީ ސަރަންގު ޖަރީގެ އިންސްޓަރކްޓަރ އަމީ މިސް އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްކަށް ޕްރޮގްރާމު ނިމުން އިރު އަމިއްލަ ފަހާފޮށި ބޭނުންކޮށްގެން އެކި ޑިޒައިންތަކަށް މާ ޖަހަން ވަނީ ދަސްކޮށްދެވިފައެވެ.

ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ދަނީ އެ ރަށު އަންހެނުން މަސައްކަތުގެ ފަންނީ ދާއިރާއަށް ނެރެ ހޭލުންތެރިކުރުމުގެ ގޮތުން މިފަދަ ތަމްރީން ޕްރޮގްރާމްތައް ބާއްވަމުންނެވެ.

ފޮޓޯ: ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ މާޖަހާ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު

ފޮޓޯ: ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ މާޖަހާ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު