ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ނޮޅިވަރަމު ޓީމުން ކުޅުދުއްފުށި ޓީމު ބަލިކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނޮޅިވަރަމުން ކުޅުދުއްފުށީ ބަލިކުރީ 1-0 އިންނެވެ.
އެގޮތުން މިއަދުގެ މެޗުުގައި މި ލަނޑު ހާސިލްކޮށްފައިވަނީ މެޗުގެ 43:43 މިނެޓުގައި ނޮޅިވަރަމު ޓީމުގެ ކުޅުންތެރިޔާ ކަމަށްވާ ޖަރޒީ ނަންބަރު 28، ޝާފިއު މުޙައްމަދު އެވެ.
މި މުބާރާތުގައި ނޮޅިވަރަމު ޓީމާއި ހަނިމާދޫ ޓީމު ބައްދަލުކޮށް ހަނިމާދޫއިން ވަނީ 3-0 ގެ ނަތީޖާއަކުން ނޮޅިވަރަމު ބަލިކޮށްފައެވެ. އަދި ނޮވެމްބަރ 1 ގައި ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުން ކުޅުދުއްފުށީ ޓީމު ނެއްލައިދޫ ބަލިކޮށްފައިވަނީ 2-4 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އަދި މާދަމާ ވާދަކުރަނީ ނެއްލައިދޫ އަދި ހަނިމާދޫ އެވެ.
މި މުބާރާތުގައި ހދ.އަތޮޅުން ބައިވެރިވެފައި ވަނީ ވެސް މި ހަތަރު ޓީމެވެ. އެއީ ކުޅުދުއްފުށީ ސިޓީ، ހަނިމާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމެވެ. އަދި ހއ.އަތޮޅުން ބައިވެރިވީ ދިއްދޫ އާއި އިހަވަންދޫ އެވެ. މި ދެޓީމު ދެ މެޗު ކުޅެން ހަމަޖެހިފައިވާއިރު ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު 6 ގައެވެ. އަދި 2 ވަނަ މެޗު 9 ގައެވެ.
ށ. އަތޮޅުގެ އެއްވެސް ރަށަކުން މި މުބާރާތުގައި ބައިވެރިވެފައިނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!