ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭނެ: ރައީސް
ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް އިމާރާތްކުރާ ޢިމާރާތުގެ މަސައްކަތް ނިމުމުން އެ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސް މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވާފައިވަނީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މިއަދު ވަނީ ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފަ...