ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް

ހދ. ނެއްލައިދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ހދ. ނެއްލައިދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ.

މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 ރުފިޔާ ބަޖެޓްކޮށްފަ ވެއެވެ.

ކުރިނބީގައި އަލަށް ފަށަން ދެ މަޝްރޫޢެއް ހިމަނާފައި އޮތްއިރު އޭގެތެރެއިން އެރަށުގެ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އަޅަން 800،00 ރުފިޔާ ޖަހާފައި އޮތްއިރު، އެ ރަށުގައި ޔޫތު ސެންޓަރެއް އަޅަން 400،000 ރުފިޔާ ހިމަނާފަވެއެވެ.

އެ ދާއިރާގެ ވައިކަރަދޫގައި އަލަށް ޖަހާފައި އޮތީ އެންމެ މަޝްރޫއެކެވެ. އެއީ އެރަށުގައި މޫދަށް އެރޭ ސަރަހައްދެއް ގާއިމު ކުރުމެވެ. އެކަމަށް ބަޖެޓް ކޮށްފައި އޮތީ 553،930 ރުފިޔާ އެވެ.

މި ތިން ރަށުގައި ހިނގަމުންދާ މަޝްރޫޢުތަކަށާއި، އެވޯޑްކޮށްފައިވާ މަޝްރޫޢުތަކަށާއި، ކޮންޓެކްޓްކޮށްފައިވާ މަޝްރޫޢުތަކަށާއި، ޓެންޑަރިން، ޕްރީޓެންޑަރިން، ރިޓެންޝަން އަދި އަލަށް ފަށާ މަޝްރޫޢުތަކަށް ހިމަނާފައިވާ ޖުމްލަ ބަޖެޓަށް ބަލާއިރު، ވައިކަރަދޫގެ ޖުމްލަ ބަޖެޓަކީ 6،766،004 ރުފިޔާއެވެ. ކުރިނބީގެ ޖުމްލަ އަކީ 8،110،585 ރުފިޔާއެވެ. އަދި ނެއްލައިދޫގެ ޖުމްލަ އަކީ 3،168،083 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުންމި ބަޖެޓްގައި އާ ސަރުކާރުން ހުށަހެޅި 458 މަޝްރޫޢުއެއް ވަނީ ހިމަނާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި