ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެރިކަންކުރާ ޕާޓީ (ޕީއެންސީ) ގެ ފަރާތުން ކުރިމަތިލީ މެމްބަރުން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހެނދުނު 0800 އިން ހަވީރު 1600 އަށް މި ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު، ބައި-އިލެކްޝަންގައި ވަނީ ޖުމްލަ ހަ މެމްބަރަކު ވާދަކޮށްފައެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނެވެ.
ބައި-އިލެކްޝަން ކާމިޔާބުކުރި މެމްބަރުން ލިބުނު ވޯޓާއިއެކު
ފާތިމަތު ނާފިޒާ އިސްމާޢީލް / ވީނަސް، ހދ. ކުރިނބީ (163 ވޯޓް)
އިނާސާ އާދަމް / ދޫގަސް، ހދ. ކުރިނބީ (161 ވޯޓް)
ރާނިޔާ މުޙައްމަދު / ފަލަކް، ހދ. ކުރިނބީ (162 ވޯޓް)
ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ކާމިޔާބު ކުރައްވާފައިވާތީ އެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!