ހއ. ފިއްލަދޫއިން ތިން މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ފިއްލަދޫއިން ޕޮސިޓިވްވެފައިވަނީ އެ ރަށު ޑީއެމްއެމްއޭ އެކްސްޕްރެސް5 ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ދެ މީހުންނާއި ދިވެއްސެކެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަލާޙް ބުނެފައިވަނީ އެމީހުންގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މިވަގުތު ބަނގުލަދޭސް 2 މީހުން އެކަހެރި ކުރެވިފައިވާކަމަށާއި ދިވެހިމީހާވެސް ހުރީ އެކަހެރިކުރެވިފައިކަމަށް އަދި އެމީހާއާއި އިތުރުބަޔަކު ބައްދަލުވެފައިވޭތޯ ބަލާ އެމީހުންގެ ސާންޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފަލާޙް ބުނެފައިވެއެވެ.
ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުވެފައިވުމުން އިއްޔެ އެރަށުންވަނީ 6 މީހެއްގެ ސާންޕަލް ނަގާފައެވެ.
މީގެ ކުރިންވެސް ސަވާރީ ބޯޓުގެ ކޭސްއާއި ގުޅިގެން 5 މީހެއްގެ ސާންޕަލް ނަގާފައިވާކަމަށާއި އެމީހުންގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ފަލާޙް ބުނެފައިވެއެވެ.
އެމީހުންނަކީ ކެލާ ސަވާރީ ބޯޓުން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރެގެން ކޯވިޑަށް ޓެސްޓު ކުރި ބައެކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 4،680 މީހަކު ޕޮސިޓިވްވެފައިވާއިރު 2،725 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި 19 މީހަކު ވަނީ މަރުވެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!