Skip to main content
Topic Archive

#ހއ. ދައްޕަރު

15 Stories filed
ދައްޕަރު މައްސަލައިގައި ނޫމަޑިން 1.1 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ބާތިލުކޮށްފި
Thiladhunmathi News

ދައްޕަރު މައްސަލައިގައި ނޫމަޑިން 1.1 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ބާތިލުކޮށްފި

ހއ. ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ވިއްކުމަށް ބްރޯކަރަކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އޭ.ޖީ. އިން 1.1 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަނީކް ޢާމިރު، ނޫމަޑިއާ ދެކޮޅަށް ކުރި މި ދައުވާއަކީ އޭނާގެ އަމިއްލަ ނަމުގައި ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނިންމުމަށް ފަހުގައެވެ. އޮކްޓޯބަރު 25 ވަނަ ދުވަހު […]

ދައްޕަރު 50 އަހަރަށް ކުއްޔަށް ދޭ ޓެންޑަރު ބާތިލްކުރަން ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް
Thiladhunmathi News

ދައްޕަރު 50 އަހަރަށް ކުއްޔަށް ދޭ ޓެންޑަރު ބާތިލްކުރަން ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް

ހއ. ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ ދައްޕަރު، ގާނޫނު ބުނާގޮތަށް ރަސްމީކޮށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ޓޫރިޒަމަށް ކަނޑައަޅާފައި ނުވަނީސް 50 އަހަރަށް ކުއްޔަށް ދިނުމަށް އިއުލާނުކުރުމާ ގުޅިގެން، އެ ޓެންޑަރު ހުއްޓުވައި ބާތިލުކުރުމަށް އެދި ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގެ ކޮޕީއެއް ވަނީ މި ނޫހަށްވެސް ލިބިފައެވެ. މި ޕެޓިޝަނުގައި ސޮއިކުރާ ރައްޔިތުން ގޮވާލަނީ، ދައްޕ...

ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް
Thiladhunmathi News

ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ދަށުގައި އޮންނަ ދައްޕަރު ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް، އޮޕަރޭޓްކޮށް އަދި މެނޭޖްކުރުމަށްޓަކައި މޫދާއެކު 226.13 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީގޮތުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕ...

ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، އެރަށަށް އަރާފޭބުމުގެ އުސޫލު އާންމުކޮށްފި
Thiladhunmathi News

ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، އެރަށަށް އަރާފޭބުމުގެ އުސޫލު އާންމުކޮށްފި

ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، ދައްޕަރަށް އަރާފޭބުމާއި އެ ރަށުގައިވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުސޫލް ފިއްލަދޫ ކައުންސިލުން އާންމުކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި އުސޫލް އެކުލަވާލުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ދައްޕަރު ބެލެހެއްޓުމާއި އެ ސަރަހައްދުގައިވާ އެންމެހާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކޮށްގެން ކައުންސިލަށް އާމްދަނީއާއި މަން...

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި
Thiladhunmathi News

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި

ކުރިންވެސް އޮތްގޮތަށް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާޞްގައި ހއ. ދައްޕަރު އަލުން ހިމަނައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި އަލުން ދައްޕަރު ހިމަނުއްވައި، އެކަން އަންގާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރުއްވީ މިއަދު އެވެ. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ، އިދާރީ ދާއިރާތައް ހިމެނޭ ސިޓީ ކައުންސިލްއާއި، ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅައި ކޮށްފައިވާ އިޢުލާނުން ފިއްލަދޫގެ އިދާރީ ދާއިރާގެ އިހްތިޞާޞް އަލ...

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް
Thiladhunmathi News

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...

ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި
Thiladhunmathi News

ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ކުރިއަށް ދަނީ ސިޔާސީ ފިކުރު އެކަހެރިކޮށް ރަށުގެ ކުރިމަގަށްޓަކައި އެއްބައިވަންތަ ރޫހެއްގައެވެ. ފިއްލަދޫ ރައްޔިތުންގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަންގައި އެދިފައި ވަނީ ކުރިން އޮތްގޮތަށް ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ތަނެއް ގޮތު...

ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި
Thiladhunmathi News

ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު “ތިލަދުން”އަށް ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ދިޔަ މި މަޝްވަރާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްއާއި، ޓޫރިޒަމް މިނި...

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި
Thiladhunmathi News

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ. އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ. ފިއްލަ...

ދައްޕަރުގެ މައްސަލަ: ލާމަރުކަޒީ ގާނޫނުގެ އަސާސްތަކާއި ހިލާފަކަށް ކަމެއްކުރުމުގެ ވިސްނުމެއްނެތް
Raajje

ދައްޕަރުގެ މައްސަލަ: ލާމަރުކަޒީ ގާނޫނުގެ އަސާސްތަކާއި ހިލާފަކަށް ކަމެއްކުރުމުގެ ވިސްނުމެއްނެތް

ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކި ކުރުމާގުޅިގެން އެކަމާއި ފިއްލަދޫ ކައުންސިލާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާތީ އުފެދިފައިވާ ކަންބޮޑުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރާ ރ...

ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ހަމްދާން
News

ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ހަމްދާން

ހއ. ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ. ހަމްދާން މިހެން ވިދާޅުވީ “ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އޮތަސް ތަރައްގީ ކުރެވޭނެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ހަމްދާން ވިދާޅުވެފައި ވަނީ، ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވ...

ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން ތަރައްގީކުރުމުގައި ހުރަހެއް ނޯންނާނެ: ފިއްލަދޫ ކައުންސިލް
Thiladhunmathi News

ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން ތަރައްގީކުރުމުގައި ހުރަހެއް ނޯންނާނެ: ފިއްލަދޫ ކައުންސިލް

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގ...

ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފި
Thiladhunmathi News

ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފި

ހއ. ފިއްލަދޫގެ އިހްތިސާސް އިން ވަކިކޮށް ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފިއެވެ.  ހއ. ފިއްލަދޫގެ އިހްތިސާސްއިން ދައްޕަރު ބޭރުކޮށްލީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާރާރަކުންނެވެ. އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމަށް ނިންމެވި ޤަރާރު އަނބުރާ ގެންދަވާ، ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒްގޮތުގައި މަންފާ ހޯދުމަށް ކުރ...

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި
Thiladhunmathi News

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އ...

ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް: އެމްޕީ ޝަރީފް
Thiladhunmathi News

ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް: އެމްޕީ ޝަރީފް

ހއ. ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރަށަކީ ދުބާއީގެ ކޮންސެޕްޓަށް ހިންގޭނެ ވިޔަފާރިއެއް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ ދައްޕަރަކީ ރިއަލްސްޓޭޓް އުސޫލުން ދިގުމުއްދަތަށް ފަތުރުވެރިންނަށް ކުއްޔަށް ހިފޭ ގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރަމުންދާ ރަށެއް ކަމަށެވެ. އެރަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ނިންމާފައި ވަނީ ޓޫރިސްޓް ރިސޯޓުތައް ގޮތަށް، އެހެން އުސޫލެއ...