ކުރިންވެސް އޮތްގޮތަށް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާޞްގައި ހއ. ދައްޕަރު އަލުން ހިމަނައިފިއެވެ.
ފިއްލަދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި އަލުން ދައްޕަރު ހިމަނުއްވައި، އެކަން އަންގާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރުއްވީ މިއަދު އެވެ.
މިގޮތުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ، އިދާރީ ދާއިރާތައް ހިމެނޭ ސިޓީ ކައުންސިލްއާއި، ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅައި ކޮށްފައިވާ އިޢުލާނުން ފިއްލަދޫގެ އިދާރީ ދާއިރާގެ އިހްތިޞާޞް އަލުން ކަނޑައަޅާފައި އޮތްގޮތަށް ބަދަލު ގެންނަން ޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.
އެހެންކަމުން 29 އޮގަސްޓް 2021 ގައި ނެރުނު ގަރާރު ބާތިލްކޮށް ފިއްލަދޫގެ އިހްތިޞާޞްގެ ތެރޭގައި ދައްޕަރު ހިމަނައި އެ އިދާރީ ދާއިރާގެ އިހްތިޞާޞްއަށް ބަދަލު ގެނެސްފައިވާކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.
ކުރިންވެސް އޮތްގޮތަށް ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމެވިކަން ރައީސް އޮފީހުން ވަނީ މި މަހުގެ 4 ވަނަ ދުވަހު ޢިއުލާން ކުރައްވާފައެވެ.
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނަން ނިންމައިފި
ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.
މި މައްސަލާގައި ފިއްލަދޫ ކައުންސިލާއި، ޒުވާނުންނާއި މުޅި ރައްޔިތުން ގުޅިގެން ސިޔާސީ ފިކުރު އެއްކިބާކޮށް ވަނީ "ސޭވް ދައްޕަރު"ގެ ނަމުގައި ހަރަކާތެއް ވެސް ހިންގާފައެވެ. މި ހަރަކާތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލިސްއަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.
ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް އިޔާދަކޮށް ދިނުމަށް އެދި ހއ. އަތޮޅު ކައުންސިލުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްގެ ސިޓީއެއް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!