ޝަމީމަށް ހަމަލާދިން މައްސަލާގެ ޝަރީއަތް ފަށައިފި
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު އޭނާއަށް ފާރަލަމުން ދިއުމަށްފަހު އެވެ. އެ ހަމަލާގައި އޭނާގެ އަތުގެ ކަށިތަކުގައި ރެނދުލާފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. އަލިފުށީ ރިވެލ...