ރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.
ހަމަލާގައި ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޝަމީމް، އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާގެ ސަބަބުން ވާއަތުގައި ރެނދުލާފައިވާ ކަމަށެވެ. އަދި ކުރިއަށް ވުރެ ވަރުގަދަކޮށް މަސައްކަތަށް އެނބުރި އަންނާނެ ކަމަށާއި، ކުރިއަށް ވުރެ ބާރަށް ދުވެ، ފަތައި ހައްދަވަން އެނބުރި އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރައްވަމުން އަންނަކަމަށެވެ. އަދި މިކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވިގޮތުގައި ސީޕީ އަށް ހަމަލާދީފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން، އެކަން ކުރި މީހުން ފޮރުވިގެން ތިބެކަމަށެވެ. ނަމަވެސް، އެކަން ކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
''އަޅުގަނޑުމެން ހުރިހާ ރިސޯސަސްތަކެއް ބޭނުން ކޮށްގެން މި މީހުންނަކީ ކޮބައިކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވި މި މީހުން މި ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ސީޕީ ވިދާޅުވިއެވެ.
ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިން ސީޕީއަށް ދިން މި ހަމަލާއާއިގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕީޖީ އަށް ދެމުން އަންނަ ސެކިއުރިޓީ އިއްޔެ ވަނީ ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!