ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ޕީޖީ ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން އިތުރު މީހަކު ކޮށްފައިވާ ކަމަށެވެ.

Ad
rt

އިއްޔެ ހައްޔަރު ކުރި މި މީހާ އަކީ އުމުރުން 22 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި މީގެ ކުރީން ވެސް ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފި

ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ހެނދުނުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިން ސީޕީއަށް ދިން މި ހަމަލާއާއިގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕީޖީ އަށް ދެމުން އަންނަ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފައެވެ.